މާލޭ މަގެއްގެ މަތިން ހިނގާފައިދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް އިއްޔެ ފޭރިގަތް މައްސަލައިގައި ހިމެނޭ އެކަކު ހައްޔަރުކޮށް އެ ފަށް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފޭރިގެންފައިވާ ރަން ފަށް، ރަންހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ފުލުހުންގޮސް ފަށް އަތުލާފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެެ.



އިއްޔެ ހެނދުނު ކުރިކީލަމަގާއި ދިލްބަހާރުމަގު ގުޅޭ ހިސާބުން ހިނގާފައި ދިޔަ އިންޑިއާ އަންހެނެއްގެ ކަރުގައި އޮތް ފަށް ސައިކަލެއްގައި ދިޔަ ދެމީހުން ފޭރިގަތް ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ފަށް ފޭރިގަންނަނީ ސައިކަލުގެ ފަހަތުގައި އިން މީހާއެެވެ.

މިމަަައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސައިކަލު ދުއްވަން އިން މީހާއެެވެ. އާންމުވެފައިވާ ވީޑިއޯގައި ފަށް ފޭރުނު ދެމީހުން ވެސް ސާފުކޮށް ފެނެއެވެ. ބިދޭސީ މީހެއްގެ ފަށް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު ފަށް ފޭރުނު ދެމީހުން ހައްޔަރު ކުރުން ލަސްވާތީ ގިނަ ބަޔަކު ޝޯޝަލް މީޑިޔާގައި ވަނީ ފުލުހުންނަށް ފާޑުކިޔާފައެެވެ.



ކިޔުންތެރިންގެ ހިޔާލު