ހުޅުމާލޭގެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ދުއްވާފައި ދިޔަ ކާރަކާއި ލޮރީއެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 6:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް 2ގެ އަނައުނާމަގު ހަތަރު އަނގޮޅި ކަންމަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު