ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް ގެބޯންގެ "ނޭޝަނަލް އޯޑަ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް"ގެ އިއްޒަތް އަރުވައިފިއެވެ.



މިނިސްޓަރު ޝާހިދަށް މި އިއްޒަތް އެރުވީ މިއަދު ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް، 1971 ގައި ތައާރަފުކޮށް އެ ގައުމުން އަރުވަމުން އަންނަ މި އިއްޒަތް މީގެކުރިން އަރުވާފައިވާ ފަރާތްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ބިލިއަނަރު އަލް ވަލީދު ބިން ތަލާލް އަލް ސައުދުގެ އިތުރުން ބާސެލޯނާ އަށް ކުޅެމުން އަންނަ ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮމަބަޔަންގް ހިމެނެއެވެ.

މިނިސްޓަރ ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު