މާލޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ ހަށިގަނޑުގެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނުމުން އެކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.

ޝިއާ މަރާލާފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ކަމަށްބުނެ ލީކު ކޮށްލާފައިވާ ފޮޓޯތަކާއި ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، ދައުރުވަމުންދާ ފޮޓޯތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުން ކުރަމުންދާ ފޮޓޯތަކެއް ނޫންކަމަށާ، އަދި ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުންދާ ކަމަށެވެ.



ފުލުހުން އެފަދައިން ބުނުމުން، މޮސްޓާ މިއަދު ވިދާޅުވީ، އެ ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ނޫންކަމަށް ވަންޏާ ފުލުހުން އެ ދިނީ ވަރަށް ނުރައްކާތެރި އިންޒާރެއް ކަމަށެވެ.

"އެހެންވީމަ، ޕޮލިސް ވަނުމުގެ ކުރިން އެހެން ބަޔަކު އެގެއަށް ވަނީބާ، ނޫނީ އެ މަރުގެ މައްސަލާގައި އެހެންބަޔަކު ބައިވެރިވާކަމަށް ބުނަނީބާ؟ ކޮންމެ ކަމެއްގައި ޒިންމާއިން ރެކެން އުޅުމަކީ ރައްޔިތުންނަށް އޮޅުވާލުން." މޮސްޓާ ވިދާޅުވިއެވެ.

ޝިއާ މަރާލި ދުވަހު، އެ އެޕާޓްމަންޓްގައި އިތުރުބަޔަކު އުޅުނުކަމަކަށް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު