ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ހިންގި ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްގެން ގެންގުޅުނު، ޝެއިޚް ނިޝާން ދޫކޮށްލި އަމުރު ބާތިލު ކޮށްދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ނިޝާން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރު ކުރުމާ ގުޅިގެން ދައުލަތުން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލާގައި މިއަދު ކުރި ހުކުމްގައި ވަނީ ނިޝާން ދޫކޮށްލި އަމުރު ބާތިލު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުމަށް ލާޒިމްވާ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށެވެ.
އަދި އެ މައްސަލާގައި ހުށަހެޅި ކަންކަމުގެ ބޭރުން ފަނޑިޔާރުން ގޮތް ނިންމާފައިނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
ނިޝާންގެ މައްސަލައިގެ ހުކުމް ބާތިލުކޮށް ނުދެއްވިއިރު، ހައިކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ހައްޔަރުކުރި ޝެއިޚް ފަޒްޟޫން މުޙައްމަދު ދޫކޮށްލި އަމުރު ބާތިލު ކުރެވޭނެ އެއްވެސް ހާލަތެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ނެތްކަމަށް ބުނެ އެ އަމުރު ވެސް ބާތިލު ނުކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު