ރައީސަކު އިންތިޚާބު ކުރުމަށް ރައްޔިތުންގެ އަތުގައި އޮތް ބާރު މަޖިލީހަށް ގެނެސް ގަޑުބަޑުކުރަން އެދިވަޑައިނުގަންނަވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.
ނާޝިޒް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ކޮންގުރެސް އަށް ގަރާރެއް ހުށައެޅުމާއި ގުޅިގެން މިހާރު ކުރެވެމުންދާ ނިޒާމީ ބަހުސާއި ގުޅިގެންނެެވެ. ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވީ ތިންބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމް ބަދަލުކޮށް ރައްޔިތުންގެ އަތުގައި އޮތް ބާރު މަޖިލީހުގެ މެމްބަރުންގެ އަތަށް ނަގައި މަސްހުނިކޮށް ގަޑުބަޑު ކުރުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ އަތުގައި އޮތް ބާރެއް މަޖިލީހުގެ މެމްބަރުންގެ އަތަށް ނަގައި މަސްހުނިވެ ގަޑުބަޑު ކުރާ ކުރުމަށް ބަދަލުކުރާކަށް އަޅުގަނޑު ނޭދޭން،" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން ނާޝިޒް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ޤަރާރު އަނބުރާ ގެންދަވަން އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވަނީ އެދިވަޑަައިގެންފައެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށާއި ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނަވާ ގޮތަށް ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހްގެ ތަފްސީލް އެމަނިކުފާނު އިއްޔެ ވަނީ ހާމަކުރަށްވާފައެވެ.
ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބުކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށްވެސް ގަރާރުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ އެކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށްވުރެ މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެއް ކަމަށް އެގަރާރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު