ރާއްޖޭގެ ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި އޮތުމަށް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމު ކަމަށް މި ސަރުކާރުގެ ފޮރިންގ މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މިމަހު 19 ގައި އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝާހިދު މިއަދު ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށެވެ.
އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރު ކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށާ، އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ފަނޑިޔާރުގޭގައި އޮތުމަށް ކަމަށާ އަދި ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގާ ހުރުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު މިއަދު ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށް ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ނެންގެވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކޮންގްރެސްއަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރާއި ރައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މި ގައުމަށް ބަރުލަމާނީ ނިޒާމެއް އެންމެ އެކަށީގެން ނުވާކަމަށް ބުނަމުންނެވެ.

އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާހޮވުމަށް. ޤާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައިހުރުމަށް
— Abdulla Shahid (@abdulla_shahid) August 16, 2022
ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު މިއަދު ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށް ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ނެންގެވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކޮންގްރެސްއަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރާއި ރައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މި ގައުމަށް ބަރުލަމާނީ ނިޒާމެއް އެންމެ އެކަށީގެން ނުވާކަމަށް ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު