ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓް ފޯމް ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓް ފޯމް ފަރަށް އެރި ހާދިސާގައި 3 މީހަކަށް އަނިޔާވެފައިވާކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 2:25 ހާއިރުކަމަށާއި ހާދިސާގައި އަނިޔާވި މީޙުންނަށް ވިލިމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާކަމަށެވެ.
ފުލުހުން ބުނީ އެ މީހުންނަށް ބޮޑު އަނިޔާއެއް ނުވާ ކަމަށާއި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.
ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
6.74 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކިޔުންތެރިންގެ ހިޔާލު