އަހުމަދު މަސްނޫމް   16 އޯގަސްޓު 2022 - 13:59
އައްޑޫ ސިޓީއިން ފަތުރުވެރިކަމަށް 23 ފަރާތަކަށް ބިން ދޫކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބިން ދޫކޮށްފައިވަނީ އައްޑޫގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓް ހައުސް އާއި ޓޫރިސްޓް ހޮޓާ ހިންގުމަށެވެ.

ބީލަން ކާމިޔާބުކުރި މީހުންނާއެކު، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.



މިރަސްމިއްޔާތުގައި ހިތަދޫ ޒޯންއިން 6 ބިން، ފޭދޫ ޒޯންއިން 2 ބިން އަދި ހުޅުދޫ ޒޯންއިން 8 ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން 7 ބިމެއް ހިމެނޭހެން ޖުމްލަ 23 ބިމެއްގެ ބިޑް ކާމިޔާބުކުރެއްވި ފަރާތަކަށް ހަވާލުކޮށްފައެވެ.

މިއީ މިދިޔަ އަހަރު އެ ކައުންސިލުން ހުޅުވާލި ބިންތަކެކެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ހާއްސަ ޕްލޭނެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ޕްލޭންގައި ރިސޯޓުތަކާއި ހޮޓާތަކާއި އަދި އަވަށްތަކުގެ ޓޫރިޒަމް ޒޯންތަކުގެ ތަފްސީލް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު