ހެލްތު މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްގެން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ހޯދަން އެކުލަވާލި އެއްބަސްވުމާއި ހިލާފަށް، ތަކެތި ފޯރުކޮށްދިން ފަރާތަށް 5 ލައްކަ ރުފިޔާ ދީފައިވާކަމަށް ބުނެ އެ ފައިސާ ހޯދުމަށް އޮޑިޓަރ ޖެނެރަލް އަންގަވައިފިއެވެ.
އޮޑިޓަރ ޖެނެރަލް މިގޮތަށް އަންގާފައިވަނީ ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާ ގުޅާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާ އެއްގޮތަށް ހަވާލުކޮށްފައިނުވާއިރު، އެތަކެތި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަވާލުކުރުމަށް އެއްބަސްވުމުގައިވާކަމަށެވެ. ނަމަވެސް ހަވާލުކުރި އައިޓަމްތަކުގެ ތެރެއިން 55800 ގައުންސް އާއި 100450 ޝޫކަވާ އާއި 100450 ހެޑްކަވާ ހަވާލުކޮށްފައި ވަނީ މަހެއްހާ ދުވަސް ފަހުންކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ތަކެއްޗަށް އަގުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ދައްކާފައިވާއިރު އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިފަހުން ހަވާލުކުރި ތަކެތިން ލިކުއިޑޭޓެޑް ޑެމޭޖަސް ނުވަތަ އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދާފައިނުވާކަމަށެވެ. އަދި މި މަސައްކަތް ހަވާލުވި ފަރާތުން ފޯރުކޮށްދީފައިވާ އައިޓަމްތަކަށް ފައިސާ ދައްކާފައިވާ އިރު 517915 ރުފިޔާ އިތުރަށް ދީފައިވާކަން ފާހަގަކުރެވޭކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ޕީޕީއީ ގަތުމަށް ހަވާލުކުރި ފަރާތަށް އިތުރަށް ދީފައިވާ 500000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދަން ޖެހޭކަމަށެވެ. އަދި އެ ފައިސާ ނުލިބިއްޖެ ނަމަ އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހޯދައި ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަނާކުރަން ޖެހޭނެކަަމަށްވެސް ރިޕޯޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު