ވ. މާގުޅީ ފަރަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މާގުޅީ ފަރަށް އެރީ އިންޑިއާއިން ހިލަ ހިފައިގެން ވ. ރަކީދުއަށް ދަތުރުކުރަމުންދިޔަ "އޭއެމް އާގަމް" ނަމަކަށް ކިޔާ ބާޖެކެވެ.
އެހެން ބޯޓަކާއެކު ދަތުރުކުރަމުންދިޔަ މި ބާޖު ފަރަށް އެރީ، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގައެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ މި ބާޖު ފުންކޮށް ނިމުމުން އެ އެޖެންސީއާއި އެ އުޅަނދުގެ ވެރިފަރާތުން ގުޅިގެން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަހައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ބެލިބެލުމުން އެ ފަރުގެ 6054 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.
މިމައްސަލާގައި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 152569800.00ރ (އެއްސަތޭކަ ފަންސާސް ދެމިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަހާސް އަށްސަތޭކަ ރުފިޔާ)އެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ ސަތޭކަ މިލިއަން ރުފިޔާކަމަށްވާތީ، އެ ސަތޭކަ މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށްވަނީ އެއުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު