މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ ދެ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން" އަށް ވިދާޅުވީ، މާލޭގައި މާރާމާރީއެއް ހިންގާފައިވާކަމަށް މިރޭ 9:12 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާ ލިބުނު ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު