ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްފި ނަމަ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެއަށް ރައްދު ދެއްވަމުން އިމްރާން މިރޭ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލޭނެ ކަމަށާއި ރައްޔިތުން ބައިބައިވާނެކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި، އަވަސް އަވަހަށް ސަރުކާރު ބަދަލުވެ، ރައްޔިތުން ބައިބައިވެ، ރައްޔިތުން ހާލުގައިޖެހުން ފިޔަވައި އިތުރު މޮޅުކަމެއް ނުވާނެ." މ
އިމްރާން ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކާއި އަދި އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ގަރާރާއި ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ހުރިހާ ފަރާތްތަކެއްގެ ތާއީދު ބޭނުންވާކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ތެރޭގައި ހުރި ގޯސްތަކުން ނިޒާމު އިސްލާހުކޮށް، ބަރުލަމާނީއަށް ހިންގުން ބަދަލުކުރަން އެންމެންވެސް އެ މަނިކުފާނާއެކު މަސައްކަތް ކުރައްވަން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އަދި އެމަނިކުފާނުގެ ވިސްނުންފުޅުގައި މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ހިންގުން ބަދަލުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވަނީ ކޯލިޝަން ހަދައިގެން ވެރިކަން ހޯދައިގެން ރައްޔިތުންގެ ތާއީދު ނެތް ކުދި ޕާޓީތަކަށް ސަރުކާރުން ބައި އެޅުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައި ކުދި ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު