މާލެ އަތޮޅު ކުޑަހިތި ރިސޯޓް ވިއްކަން އެ ރިސޯޓްގެ ވެރިފަރާތުން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސިޓީފުޅެއް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުއްވައިފިއެވެ.
މާލެ އަތޮޅު ކުޑަހިތި ރިސޯޓަކީ ރައީސް ސާލީހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށުގައި އެންމެ ފުރަތަމަ ރިސޯޓް ހަދައިގެން ހިންގީ ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ރައީސް ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރުގެ ކުންފުންޏަކުންނެވެ.
ނަމަވެސް ދެ ބޭފުޅުންގެ މެދުގައި މައްސަލަތައް ޖެހި، 1992ގައި ވަނީ އެވިޔަފާރި ރޫޅާލައި މުދާތައް ބަހާފައެވެ. އަދި 1994 ގައި ކުޑަހިތި ލިބިފައި ވަނީ އަހުމަދު އިސްމާއިލް މަނިކަށެވެ.
ކުޑަހިތީގެ މިހާރު އޮތީ އަހުމަދު އިސްމާއިލް މަނިކާއި އޭނާގެ ހުރިހާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޝައިންޓްރީ ކުންފުނީގެ ދަށުގައެއެވެ.
ގާނޫނުތައް އޮންނަ ގޮތުން އެއްވެސް ރިސޯޓެއް ވިއްކޭނީ ޓޫރިޒަމް މިނިސްޓްރީއަށް އެކަން އަންގައި އެއްވެސް މައްސަލައެއް ނެތް ނަމައެވެ. އަދި އެކަމަށް މިނިސްޓްރީން ހުއްދަވެސް ލިބެންޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެރަށް ވިއްކާލުމަށް އިއުލާންކޮށްފައެވެ. ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށް ވިއްކާލުމަށް މިނިސްޓްރީން އިއުލާންކުރުމުން ރައީސް ނަޝީދު ވަނީ އެކަމާއި ގުޅިގެން މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ނަޝީދުގެ ސިޓީއެއް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުއްވިކަން ޔަގީން ވިޔަސް އެ ސިޓީފުޅުގައި އޮތް ވާހަކައެއް ނޭނގެއެވެ. އަދި ޓޫރިޒަމް މިނިސްޓްރިން އަމިއްލަ މީހުން ފޮނުވާ ސިޓީތަކާއި ގުޅޭ މައުލޫމާތު ހިއްސާއެއްވެސް ނުކުރައްވައެވެ.
ރައީސް ނަޝީދުވެސް މިކަމާއި ގުޅިގެން ވާހަކައެއް ނުދައްކަވައެވެ. ކުޑަހިތި ރިސޯޓަކީ ވިއްސަކަށް އަހަރު ވަންދެން ސަންލޭންޑުން ހިންގި ރިސޯޓެކެވެ. ނަމަވެސް އެ ކުންފުންޏަށް ރަށް ދިނުމަށް ހެދި އެއްބަސްވުން ވަނީ 2018 ގައި ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު