އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި އެ ގައުމުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާތުގައި ރައީސް ސާލިހު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށް ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ އިންޑިއާއާއި ރާއްޖެއަކީ ޒަމާންވީ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމުކަމަށެވެ. އަދި މިނިވަންކަމާއި، ކުރިއެރުމުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައި އިންޑިއާ ދެމިއޮތުމަށް އަބަދުވެސް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.



އިނގިރޭސިންގެ ފަރާތުން އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުގެ އޮގަސްޓަމަހުގެ 14 ވަނަ ދުވަހުއެވެ.

އިންޑިއާގައި މިދުވަސް ފާހަގަކުރުމަށް އަބަދުވެސް ކުލަގަދަ ހަރަކާތްތަކެއް ބާއްވައެވެ.



ކިޔުންތެރިންގެ ހިޔާލު