މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޮޑެތި މަގުތަކުގެ ޕާކިންގ ޒޯންތައް ހުސްކުރަން ފަށައިފިއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ބަސް ދުއްވުމަށް ހަމަޖެހިފައިވަނި މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑް މަގާއި ފަރީދީ މަގުންނެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީ މަގުގެ ހުރިހާ ޕާކިންގ ޒޯނެއް ހުސްކޮށްފައެވެ. އަދި މަގުގައި ބަސް ހުއްޓާ ސަރަޙައްދުތައް ފާހަގަކޮށް، ބޯޑުތައް ޖެހުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
މަޖީދީ މަގަށްފަހު ދެން ހުރި މަގުތަކުގެ ޕާކިންގ ޒޯންތައް ހުސްކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެއެވެ.
ބައެއް ސަރަހައްދުތަކުން ޕާކިން ޒޯން ނަގާއިރު، ޕާކިންގ އިތުރުކުރުމަށް ސަރުކާރުން ވަނީ ބިން ދީފައެެވެ. އެއީ ހ. ސަމޯސާވިލާ ގެއިންނާއި، ހައިކޯޓު ކުރިމަތިން އޮންނަ ބިމާއި، އަމީނީމަގުން ދަރުބާރުގެ ކައިރިންނާއި، މާފަންނުން ކޮރަލް ބޮލެވަރޑް ސަރަޙައްދުން ބިންކޮޅަކާއި، އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންނެވެ. އަދި ޕާކިން ހެދުމަށް އިތުރު ބިންތައްވެސް ދޭނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެމް.ޓީ.ސީ.ސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހު ކުޑަކޮށް، އެކަށީގެންވާ ފަސޭހަ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.
މިހިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ 12 މިނީ ބަސް ރާއްޖެ ގެނެސްފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ހިމެނޭ މި ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ފަރުމާކޮށްފައިވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް ބަލައިގެންނެވެ.
މިނީ ބަހުގެ ޚިދުމަތް ސްކޫލް ކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ބޭނުންކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު