ވެރިކަމާހެދި އުޅޭ މީހާކު ނޫނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު އޮތްގޮތާމެދު ޝަކުވާ ނުކުރާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ، ޑރ. ޑީޑީ ވިދާޅުވެއްޖެއެވެ.
ޑީޑީ މިއަދު ވިދާޅުވީ، ވެރިކަމުގެ ޝައުގުވެރިކަން ހުރި ބައެއް ސިޔާސީ ބޭފުޅުން ފިޔަވައި، ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ރިޔާސީ ނިޒާމުގެ މައްސަލައެއް އޮތްކަމުގެ ޝަކުވާ ނުކުރާކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިންމުމެއް ޒިންމާދާރުކަމާއެކު ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެއްކަމަށް މީގެ ކުރިން ޑީޑީ ވަނީ ވިދާޅުވެފައެވެ.
ޑީޑީ މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވެގެން އެކަމުގެ މަސައްކަތްތައް ފާޅުގައި ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު މިހާރުވަނީ، މިމަހު 19 ގައި ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ވެސް އެ މައްސަލަ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު