އަދުގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުން މިދާ ބާރު ސްޕީޑުގައި، ދެން އަންނަ އެހެން ވެރިކަމެއްގައި ވެސް ތަރައްގީ ގެނެވޭނެހެން ހީނުވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މޫކޭ މިރޭ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރަމުން ދަނީ "އަތުފަތު" ނުޖެހޭހާ ބާރަށް ކަމަށެވެ. އެހެންކަމުން މިހާ ބާރު ސްޕީޑުގައި އެހެން ސަރުކާރަކަށް ވެސް ދެން ތަރައްގީ ގެނެވޭނެހެން ހީނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ، ވަކި ރަށެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ބަނދަރު އަދި ސްކޫލް އިމާރާތް އެޅުންފަދަ މަސައްކަތްތައް ކުރިއަށް އެބަ ދާކަމަށާއި، ރަށްރަށް ތަރައްގީ ކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަކަށް މި ސަރުކާރުން ނުބަލާނެކަމަށެވެ.
ސަރުކާރުން މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އާރްޑީސީގެ މަސައްކަތްތަކާ ގުޅޭގޮތުން މި ޕްރޮގްރާމްގައި މޫކޭ ތަފުސީލުކޮށް ވާހަކަ ދައްކަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު