އިސްލާމް ދީނަށް ޖޯކުޖަހާ މީހުންނަށް ރާއްޖޭގައި މިނިވަންކަން އޮންނާތީ، ދީނީ ހަރުކަށި ފިކުރު ފެތުރެން މަގުފަހިވާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިފަހުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލާއި ގުޅިގެން އެކަމަށް ހިތްވަރު ލިބޭގޮތަށް ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވަނިކޮށް، ޒައިދު މިއަދު ވިދާޅުވީ، އިސްލާމު ދީނަށް ޖޯކުޖަހާ މީހުންނަށް ރާއްޖޭގައި ލިބިދޭ މިނިވަންކަމުގެ ސަބަބުން ރާއްޖޭގައި ހަރުކަށި ފިކުރު އާލާވުމަށް ވަރަށް ބޮޑަށް މަގުފަހިވާކަމަށެވެ.
އޭނާ ވިދާޅުވީ، ބާގަނޑުތަކުން އެފަދަ މީސްމީހުން ފުރޭނިގެން ދަނީ މަދެއްކޮށް ނޫންކަމަށެވެ. އެހެންކަމުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދިނުމުގައި ދައުލަތުން ޒިންމާދާރުވާން ޖެހޭކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.
ޝެއިޚް ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގުމަކީ މާބޮޑުކަމެއްނޫންކަން ދޭހަވާ ގޮތަށް، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ނާޒިމް ސައްތާރު ބަންދުން ދޫކޮށްލުމުން އެކަމަށް އާންމުން ފާޑުކިޔަން ފެށުމުން، އިބްރާ ވަނީ، ނާޒިމް ބަންދުން ދޫކޮށްލުން ދިފާއު ކުރައްވާ، އެއްޖިންސުން ގުޅުން ހިންގުމަކުން އެހެންބަޔަކަށް އެކަމުން ނުރައްކަލެއް ނޯންނަކަމަށްބުނާ މޭރުމަކުން ވާހަކަ ދައްކާފައެވެ. އިބްރާގެ ވާހަކަތަކަށް ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ފާޑުކިޔުން އަމާޒުވީނަމަވެސް، މިހާތަނަށް އިބުރާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އާލާވުމަށް ވ ބޮޑަށް މަގުފަހިވޭ އިސްލާމްދީނަށް ޖޯކު ޖަހާމީހުންނަށް ރާއްޖޭގައި ލިބިދޭ މިނިވަންކަމުގެ ސަބަބުން! ދައުލަތުން އެބަޖެހޭ ދީނަށް ފުރައްސާރަކުރާމީހުންނަށް އަދަބު ދިނުމުގައި ޒިންމާދާރުވާން! ބާގަނޑުތަކުން އެމީހުން ފުރޭނެނީ/ފުރާނަނީ މަދެއްކޮށެއްނޫން!
— Ali Zaid (@alizaid1000) August 14, 2022
ޝެއިޚް ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގުމަކީ މާބޮޑުކަމެއްނޫންކަން ދޭހަވާ ގޮތަށް، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ނާޒިމް ސައްތާރު ބަންދުން ދޫކޮށްލުމުން އެކަމަށް އާންމުން ފާޑުކިޔަން ފެށުމުން، އިބްރާ ވަނީ، ނާޒިމް ބަންދުން ދޫކޮށްލުން ދިފާއު ކުރައްވާ، އެއްޖިންސުން ގުޅުން ހިންގުމަކުން އެހެންބަޔަކަށް އެކަމުން ނުރައްކަލެއް ނޯންނަކަމަށްބުނާ މޭރުމަކުން ވާހަކަ ދައްކާފައެވެ. އިބްރާގެ ވާހަކަތަކަށް ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ފާޑުކިޔުން އަމާޒުވީނަމަވެސް، މިހާތަނަށް އިބުރާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު