ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ހިންގުން ހުޅުމާލޭގެ އިމާރާތަކަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އިންޑިޔާ ހައިކޮމިޝަނުން ބުނީ އެ އިދާރާގެ ހިދުމަތްތައް ދެން ލިބޭނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތުން ކަމަށެވެ. އެ އިމާރަތް ހުންނަނީ ހުޅުމާލެ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ގޯޅި ތެރޭގައެވެ.
އިންޑިއާ ހައިކޮމިޝަން މާލޭގައި ހިންގަމުންދިޔައީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ. އެ އިމާރާތް ބާވުމާއި ޖާގައިގެ ދަތިކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް އިންޑިޔާ ހައިކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދީފައެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.
އެމްބަސީތަކަށް ހުޅުމާލެއިން ބިން ދޫކުރަން ސަރުކާރުން ނިންމައި، މީގެ ކުރިން ބިން ދޫކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ސްރީލަންކާ އާއި ބަންގްލަދޭޝާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޗައިނާގެ އަދި ޕާކިސްތާނު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު