ޕާކިސްތާނުގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޕާކިސްތާނުގެ 75 މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ކުރެއްވި ޓްވީޓްގައި ވަނީ ޕާކިސްތާނުގެ ރައީސް އާރިފް އަލްވީއާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ޕާކިސްތާނާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބުންކަމަށެވެ.



އިނގިރޭސިންގެ އަޅުވެތިކަމުން ސަލާމަތްވެ ޕާކިސްތާނަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. އެކަމުގައި އިސްކޮށް އުޅުއްވީ އެ ޤައުމުގެ ބަތަލު މުހައްމަދު އަލީ ޖިނާހުއެވެ.



ކިޔުންތެރިންގެ ހިޔާލު