ޕާކުކުރަން ދަތިވާ ގޮތަށް މާލޭގެ މަގުތަކުގައި ޕެލެޓާއި އެހެނިހެން ތަކެތި ބަހައްޓާނަމަ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ޕެލެޓް ނެގުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ކައުންސިލާއި ފުލުހުން ގުޅިގެން ތައާރަފުކުރި ޕޮލިސް ކޮންސްޓެބިއުލަރީ ފޮނުވައިގެން ވެސް މީހުންނަށް ނަސޭހަތްދީ، ޕެލެޓް ނަގާފައިވާކަމަށެވެ.
ކައުންސިލުން ބުނީ ޕެލެޓްތައް ނެގިނަމަވެސް ބައެއް ފަރާތްތަކުން އަލުން ޕެލެޓްތައް ބަހައްޓާކަމަށެވެ. އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަންނަ މަހުގެ އެކަކުން ފެށިގެން މަގުމަތީގައި ޕެލެޓް ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރަން ނިންމާފައިވާކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް ޖޫރިމަނާކުރާނެ އަދަދެއް ހާމައެއް ނުކުރެއެވެ.
މިދިޔަ މާޗުމަހުވެސް ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1300 އަށްވުރެ ގިނަ ޕެލެޓް ސިޓީ ކައުންސިލުން މަގުތަކުން ނެގިއެވެ.

ކިޔުންތެރިންގެ ހިޔާލު