އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަން ހާމަކޮށްފައި މިވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ކުންފުނިކަމަށްވެފައި މަސައްކަތް މިހާރު ކުރިއަށްދާގޮތުން އެއީ ރައްޔިތުންނަށް ކުރިމަތިވެދާނެ ބޮޑު ތަކުލީފަކަށް ކުރިއަށް އޮތްތަނުގައި ވެދާނެކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާއި މަސައްކަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޭޔަރުގެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
އަކްރަމް ވިދާޅުވީ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާއިރު ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތަށް ލަސްވުމެއް ކުރިމަތިވެދާނެކަމަށެވެ. އަދި މިގޮތުން މޫސުން ގޯސްވެގެން މަސައްކަތް މަޑު ޖައްސާލިނަމަވެސް މަސައްކަތް ނިންމުމަށް ލަފާކުރާ ތާރީޚަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫގެ މަގުތަކެވެ.

Addu magu hedhumuge masakkathakee Sarukaarun Rayyithun nattaki koh dhevvaa varu bodu heydha eh. Mi masakkathuge Contractor adhi Consultant akee eggaumakah nisbai vaa gulhun oi ba eh. Masakkathuge fenvaraai , masakkai kuramun dhaa gothuge shakuvaa bodu. 1/3
— Ali Nizar (@DhekunuNizar) August 13, 2022
އައްޑޫ ސިޓީގެ މޭޔަރުގެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
އަކްރަމް ވިދާޅުވީ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާއިރު ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތަށް ލަސްވުމެއް ކުރިމަތިވެދާނެކަމަށެވެ. އަދި މިގޮތުން މޫސުން ގޯސްވެގެން މަސައްކަތް މަޑު ޖައްސާލިނަމަވެސް މަސައްކަތް ނިންމުމަށް ލަފާކުރާ ތާރީޚަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫގެ މަގުތަކެވެ.
ކިޔުންތެރިންގެ ހިޔާލު