ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ބެލުން 29 ޝަޢުބާން ނުވަތަ 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހަވީރު 05:30 އިން ފެށިގެން އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.
ޑީޖޭއޭއިން ބުނީ މިއަހަރު ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާން މަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ، މާލޭ ކޯޓެއްގެ ޤާޟީ އެއްގެ ކުރިފުޅުމަތީގައި ކަމަށާއި، އަތޮޅުތަކުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައި ނުވަތަ މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ކައުންސިލްގެ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި ވެރިޔާގެ ކުރިފުޅުމަތީގައި ކަމަށެވެ.
އެހެންކަމުން 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅުތަކުގެ އަތޮޅު ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލް އިދާރާތަކުން ޚިދުމަތް ލިބޭނެގޮތެއްގެ މަތިން އިންތިޒާމް ކޮށްދެއްވައި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅު ކައުންސިލް އިދާރާއާއި، ރަށުކައުންސިލް އިދާރާ ހުޅުވާފައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަހަކީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު