ރާއްޖޭގައި މީގެ ކުރިން ޗާޓަރޑް އެކައުންޓެންޓުން އުފެއްދުމަށް މީގެކުރީގެ އެއްވެސް ސަރުކާރަކުން ދީފައިނުވާހާ ގިނަ ސްކޮލަރޝިޕް މިސަރުކާރުން ދީފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
150 ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕްގެ ފުރުސަތަށް ހޮވުނު ފަރާތްތައް އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޗާޓަރޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި 493 އެޕްލިކޭޝަން ލިބުނު ކަމަށެވެ. އަދި އެ އެޕްލިކޭޝަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ފުރިހަމައަށް ނިންމާލެވުނީ އޮޑިޓް އޮފީހުގެ ބޭފުޅުންނާއި ޗާޓަރޑް އިންސްޓިއުޓްގެ ފަންނީ އެހީތެރިކަމާއި ލަފާ ލިބިގެން ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރ ވަނީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
"ވަރަށް ބުރަކޮށް އުޅުއްވަމުންވެސް މިޖަލްސާއަށް ވަޑައިގެންނެވީ އަޅުގަނޑުމެންނާއި އެކީގައި ބަހައްޓަވާ ގާތްކަމުން ކަމަށް އަޅުގަނޑު ދެކެން." މިނިސްޓަރ ވިދާޅުވި އެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަޑައިގެންނެވީތީ އޭނާއަށް ވެސް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފަ އެވެ. މިނިސްޓަރ ވިދާޅުވީ ހަސަން ޒިޔާތަކީ ޗާޓަރޑް އިންސްޓިޓިއުޓްގެ ފުރަތަމަ ރައީސްގެ މަގާމުގައި ހުންވައިގެން އެކައުންޓިން ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެދާއިރާއަށް ފަންނީ ޒުވާނުން އިތުރުކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އަމިއްލައަށް އިސްނަންގަވައިގެން މިނިސްޓްރީއަށް ވަޑައިގެން އެކައުންޓިން ދާއިރާއަށް ގިނަގުނަ މަސައްކަތް ކޮށްދެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހަސަން ޒިޔަތުގެ މަސައްކަތްޕުޅުން ސަރުކާރުގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ.
"އޭގެ ނަތީޖާއަކަށްވީ2021 ވަނަ އަހަރު މޯލްޑިވްސް އެކައުންޓެންޓުންގެ ފޯރަމްގައި ރާއްޖޭގެ އެކައުންޓެންޓުންނާއި އޮޑިޓަރުން ތައްޔާރުކުރުމުގެ ހާލަތަކަށް އައިސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައި." މިނިސްޓަރު ވިދާޅުވި އެވެ.
"އެމަނިކުފާނު އެރޭ އެ ފޯރަމްގައި ވިދާޅުވި ހިސާބުން މަސައްކަތުގެ ނަތީޖާ މިއަދު މި ޖަލްސާއިން ފެނިގެން މި ދިޔައީ." މިނިސްޓަރ ވިދާޅުވި އެވެ.
މި ހަފުލާގައި މިނިސްޓަރ އިބްރާހިމް ހަސަން ވަނީ ސްކޮލަރޝިޕްގެ ހައްގުވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ހީވާގިކަމާއެކު މަސައްކަތް ކޮށް ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި ޚިދުމަތް ކުރާ ދުވަސް އެއީ އެމަނިކުފާނު އެންމެ ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަސް ކަމަށް ވިދާޅުވި އެވެ.
"ޗާޓަރޑް އެކައުންޓެންޓުންގެ ގޮތުގައި ގިނައީ ބިދޭސީން ކަމަށްވާތީ ރާއްޖެއިން ބޭރަށްދާ ފައިސާ ހުއްޓުވުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ކުރާނެ ކަމަށް. ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ވެގެން ދިއުމަކީ ވެސް އަޅުގަނޑުމެން ކުރާ އެއް ފޮނި އުއްމީދު." މިނިސްޓަރ ވިދާޅުވި އެވެ.
ސްކޮލަޝިޕް ލިބުނު ދަރިވަރުންނާއި މުޚާތަބުކުރަށްވައި ހަފްލާގެ ޝަރަފުވެރި މެހެމާން ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ މިއަދަކީ ވަރަށް ގިނަ ދުވަސްވަންދެން ދެކިވަޑައިގަންނަވަމުން ގެންދެވި ހުވަފެން ހަގީގަތަކަށްވި ދުވަސް ކަމަށެވެ. އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މިނިސްޓަރަށް ހަސަން ޒިޔާތު ވަނީ ޝުކުރު އަދާކުރަށްވާފަ އެވެ.
"މިއަދާއި ހަމައަށް ޕްރޮފެޝަންގެ ބޭފުޅުންނާއި ވަރަށް ގުޅިގެން ވަރަށް ގާތްކޮށް މިނިސްޓަރ މަސައްކަތް ކޮށްދެއްވީ. އެކަމުގެ ހަގީގީ ކުލަ، އަޅުގަނޑު ދަންނަވާނީ ސްކޮލަރޝިޕްގެ ފުރުސަތު ވަރަށްގިނަ ފަރާތްތަކަށް ފަހިވެގެން ދިޔައީ." ހަސަން ޒިޔާތު ވިދާޅުވިއެވެ.
150 ސްކޮލަރޝިޕަކީ ފެށުމެއް ކަމަށާއި މީގެ ނަތީޖާ ރާއްޖޭގައި ފެނިގެން ދާނެކަމަށް ނިޔާޒީ ވިދާޅުވިއެވެ.
"ރާއްޖޭގެ ޕަބްލިކް ސެކްޓަރ އަކީ އެކައުންޓެންޓުން ނުހަނު ބޭނުންވެފައި އޮތް ސެކްޓަރ އެއް. 30 މިލިއަންގެ ބަޖެޓެއް އަޅުގަނޑުމެން މެނޭޖް ކުރާއިރު 200 އެތައް ރަށެއްގައި 1500 އެއްހާ ދައުލަތުގެ އިދާރާތައް ވަކި ވަކި ބަޖެޓް ބޭނުންކޮށްގެން އެބަ މެނޭޖު ކުރަން." ނިޔާޒީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު