އަންހެނުންނަށް "ކަނބަލުން" ނުކިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންހެން ބޭފުޅުންނަށް އިޝާރާތްކޮށް "ކަނބަލުން" ނޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ކަނބަލުންގެ ބަދަލުގައި އަޅުގަނޑުމެން އަންހެނުންނަށް އަމާޒުކޮށް ބުނާ ބަސްތައް ބުނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަންހެނުން އަންހެން ބޭފުޅުން، މިއީ އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ ބަސްތައް، އަދިވެސް ބޭނުން ކުރަމުން ދިއުމަކީ އަޅުގަނޑު ހިތުން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ރަށްރަށުގެ ހިންގުމުގައި އަންހެނުންގެ ބައިވެރިކުރުން ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށެވެ. އެ ބަދަލާއެކު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އަންހެނުންވެސް އިތުރުވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެން މަސައްކަތް ކުރަންވީ މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް ގަނެގެން ކަމަށެވެ. އަދި އެ މަގަށް އަޅުގަނޑުމެން މަސައްކަތް ގެންދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން