ޝިޔާން އެމްޑީޕީ މުޒާހަރާއެއްގައި / ފޮޓޯ:ސަން
ޝިޔާން އެމްޑީޕީ މުޒާހަރާއެއްގައި / ފޮޓޯ:ސަން
އިންޑިއާގެ ބެންގަލޫރުގެ އެއަރޕޯޓުގައި ދިވެއްސަކު ބަންދުކޮށްފިއެވެ.

އިންޑިޔާގެ ބެންގަލޫރުގެ އެއަރޕޯޓުގައި ބަންދުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހުޅުހެންވޭރު ދާއިރާއަށް ވާދަކުރެއްވި ޝިޔާން ޝަފީގެވެ.

ސޯޝަލް މީޑިއާގައި ޝިޔާން ބުނީ އިއްޔެ މެންދުރު އޭނާ އިންޑިއާއަށް އައިތަނުން އިންޑިއާގެ އިމިގްރޭޝަނުން އޭނާ ހިފާހައްޓާފައިވާކަމަށެވެ. އަދި އެއްވެސް ސަބަބެއް ނުބުނެ އޭނާ އިންޑިއާއަށް އެތެރެވިޔަ ނުދިންކަމަށް ޝިޔާން ބުންޏެވެ.



ޝިޔާން ބުނީ ފަހުން މައުލޫމާތު ލިބުނު ގޮތުން އޭނާ ހިފަހައްޓާފައި ހުރި ދިވެހި ސަރުކާރުން އޭނާ ޑިޕޯޓްކުރަން އަންގާފައި އޮތުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބެއް އޮވެގެން އަންގާފައި އޮތް އެންގުމެއް ކަމެއް ނޭނގޭކަމަށްވެސް ޝިޔާން ބުންޏެވެ.

ޝިޔާން ބަންދުކޮށްފައި ހުރިއިރު އޭނާ ކައިރީގައި ޔުނީފޯމް އެޅި ސިފައިންގެ މީހަކުވެސް ފެންނަ ފޮޓޯއެއް ވަނީ އާއްމުވެފައެވެ.





ޝިޔާން އެންމެފަހުން މީގެ ގަޑިއެއްހާއިރު ކުރިން ކުރި ޓްވީޓެއްގައި ބުނީ އޭނާ އަދިވެސް ހުރީ އެއާރޕޯޓްގައި ހުރި ކޮޓަރިއެއްގައި ބަންދުކޮށްފައިކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ޝިޔާނާ ދޭތެރޭ އެއަރޕޯޓުގައި ތިބި އޮފިޝަލުން ކަންތައް ކުރީ ވަރަށް ހަރުކަށިކޮށެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އެއަރޕޯޓުން ޝިޔާން ބަންދުކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރާނެކަން މީގެ ދުވަސްކޮޅެއް ކުރިން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން