ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް, "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގެ ފުރަތަމަ އެއަރ ކްރާފްޓް ގެނެސްފިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ބުނީ އެ އެކެޑަމީގެ ފުރަތަމަ އެއަރ ކްރާފްޓް މިހާރު ރާއްޖެ ގެނެސްފައިވާކަމަށާއި، އަދި އެ އެއާރ ކްރާފްޓް އައްޑޫ ސިޓީ ގަމަށް މިހާރު ފޮނުވާލާފައިވާ ކަމަށެވެ. އޭވިއޭޝަން އެކެޑަމީން ބުނީ އެއާރ ކްރާފްޓް އެސެމްބްލްކުރުމަށްފަހު ވަރަށް އަވަހަށް ދަރިވަރުންގެ ތަމްރީންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަނާާއި އެމްއެންޔޫ ގުޅިގެން ހިންގާ މި ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، ސްކޫލެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.



ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ޖެނުއަރީމަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ.

އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ. އެކަޑަމީއަށް ގެނައި މި އެއަރ ކްރާފްޓާއެކު ދަރިވަރުންގެ އުދުހުމުގެ ކްލާސްތައް ފެށިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން