ރޯދަމަހު ކަރަންޓް ނުކެނޑޭނެކަން ޔަގީންކުރުމަށް ސްޓެލްކޯގެ ‏އިންޖީނުގެތަކަށް އަންގައިފިއެވެ.

ސްޓެލްކޯއިން ބުނީ ‏މިއަހަރުގެ ހޫނުގަދަ ދުވަސްވަރަށް ތައްޔާރުވެ، ރޯދަމަހާއި ހޫނުގަދަ ދުވަސްވަރާއި ދިމާވާތީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އެކުންފުނިން ހިދުމަތްދެމުންދާ އަތޮޅުތަކުގެ ‏އިންޖީނުގެތަކުގެ މެނޭޖަރުންނާއި، އޮންލައިންކޮށް ބައްދަލުކުރައްވާ މެނޭޖިންގ ޑިރެކްޓަރ މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީއާއި، ރޯދަމަހު ކަރަންޓު ނުކެނޑޭނެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އިރުޝާދު ދެއްވާފައިވާކަމަށްވެސް ސްޓެލޯއިން ބުނެއެވެ.



ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އަހްމަދު ޝަރީފު، އައްޔަންކުރައްވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި ރައީސް ސާލިހުގެ އިރުޝާދުގެ ދަށުން ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވާފައެވެ. އަދި އެކަން ހާސިލު ކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން އެމްޑީ ވަނީ މަސައްކަތް ފަށްޓަވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން