ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް އަވަހަށް ނިއްމަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކޮންޓެކްޓަރާއި މަޝްވަރާކުރައްވައިފިއެެވެ.

ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ވަނީ ސައިޓަށް ޒިޔާރަތް ކުރައްވާފައެވެެ.



ސްޓެލްކޯއިން ބުނީ‏ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ މިޒިޔާރަތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކޮށްދިނުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ސްޓެލްކޯ އިން ހައުސިން ޕްރޮޖެކްޓް ހިންގަނީ ހުޅުމާލޭގައެެވެ.

ހުޅުމާލޭގައި ސްޓެލްކޯއިން ހިންގާ ހައުސިން ޕްރޮޖެކްޓަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގަައި ހިޔާ މަޝްރޫއުގައި ހިމެނިގެން ހިންގާ މަޝްރޫއެކެެވެ. މިމަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ ދެ ޓަވަރު އަޅަން ހަވާލުކޮށްފައިވަނީ ރޯޓައިމް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއެވެ.

އަށާރަ މަސްދުވަހުން ނިންމާ ގޮތަށް އެމަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން