އެމްޑަބްލިއުއެސްސީން ޖަރާސީމު ހުރި ފެން މާކެޓަށް ނެރެފައިވާ ކަމަަށް ދެކެވޭ ވާހަަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިރޭ ދޮގުކުރައްވައިފިއެެވެ.

"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަކުރެވިގެން އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ފެން މާކެޓަށް ނެރެފައިނުވާ ކަމަށް ޝާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ތާޒާ" ގެ ކޮންމެ ބެޗެއް އުފެއްދުމަށް ފަހު 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށެވެ. އެއީ ޓެސްޓު ހަދައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެއްކަން ޝާހު ފާހަަގަކުރެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ނަޖިސް ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަން." ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފެން އަބަދުވެސް ރައްޔިތުންނާ ހަމައަށްދާނީ ޓެސްޓްކޮށް ފެނުގެ ކޮލިޓީ ޔަގީން ކޮށްފައި ކަމަށެވެ. އެކަން ރައްޔިތުން ގަބޫލުކޮށް ބަލައިގަންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްސީން ފެން އުފައްދައި ރައްޔިތުންނާ ހަމައަށް ނެރެނީ ފެނުގެ ކޮލިޓީ ކަށަވަރުކޮށްފަ. ރައްޔިތުން އަޅުގަނޑުމެންނަށް އެ އިތުބާރު ކުރާނެ. އަދިވެސް ރައްޔިތުން އެންމެ އިތުބާރު ކުރާނެ ފެނަކީ އެމްޑަބްލިޔޫއެސްސީގެ ފެން، ތާޒާފެން." ޝާހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން