ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވެވި ފަސްބޭފުޅަކަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ފޮނުއްވި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ވަނީ ފަސް ބޭފުޅުންނަށްވެސް ރުހުން ދީފައެވެ. އެގޮތުން އޭސީސީއަށް އައްޔަން ކުރުމަށް ރައީސް ސާލިޙު ފޮނުއްވާފައިވާ ފަސްބޭފުޅުންނަކީ ތ. ވިލުފުށި ރަތްވިލާގެ/ އާދަމް ޝާމިލް، ށ. ނަރުދޫ / ހަވާ، ތޯޙާ މުހައްމަދު، ހދ. ނޮޅިވަރަމްފަރު / ރިހިވިލު، ޝަޒުނާ ހާޝިމް އަދި ރ. ހުޅުދުއްފާރު /ނާރެސް ޝިޔާމާ މުހައްމަދެވެ. އެ ފަސްބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކުރި ނަމަވެސް އެކަމާއި މެދު ގޮތެއް ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ.

އޭސީސީގެ މެމްބަރުންގެ މަގާމު ހުސްވީ އެކޮމިޝަންގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުން ފުރުސަތު ހުޅުވާލާފައިވާއިރު އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ގާނޫނުގައި އެކަމަށް އޮންނަ މުއްދަތު މިހާރު ވަނީ ފަހަނައަޅައި ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން