އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާރޭ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ގައުމީ މަޖިލިހުގެ ހަތަރު ވަނަ ދައުރުގެ ތިން ވަނަ ޖަލްސާ މާދަމާރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައި އޮންނާނެ ކަމަށެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.

އެމްޑީޕީގެ ޗެއާޕާސަންއިންތިހާބު ބާއްވަން ނިއްމާފައިވަނީ އަންނަ އޭޕްރީލް މަހުހެ 16 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބު ރޯދަމަހާއި ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން ވަނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށް އެދިފައެވެ. އެހެން ނަމަވެސް މެމްބަރު އިމްތިޔާޒުގެ ޓީމުން އިންތިހާބު ފަސްކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އިންތިހާބު އަވަސް ކުރާނަމަ އިމްތިޔާޒުގެ ޓީމުން އެކަމަށް ތާއިދުކުރެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެތެރޭގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަންޖެހެއެވެ. އެހެންވެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމުމަށް އެ މަޖިލީހުގައި އެދިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މީހުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން