އައްޑުއަށް ކުރެއްވި ދަތުރުން އެނގިގެންދިޔައީ މެންބަރުން އެމްޑީޕީ ހިންގާލަން ބޭނުންވެފައި ތިބި މިންވަރު ކަމަށް އެމްޑީޕީގެ ޗެއާޕަސަން ކަމަށް ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެެވެ.

މި ދަތުރުގައި ފައްޔާޒާއި އޭނާގެ ޓީމު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފައްޔާޒާއި އޭނާގެ ކެމްޕޭން ޓީމު އައްޑޫ ސިޓީއަށް ވަޑަައިގަތުމުން އެސިޓީން ވަނީ ފައްޔާޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިދަތުރުގައި ހުޅުމީދޫ އަދި މީދޫގައި ކެމްޕެއިނާއި ޑޯޓުޑޯގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކެމްޕެއިން ނިންމާލުމަށް ފަހު އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ކެމްޕެއިންގައި އައްޑޫ ރައްޔިތުން އޭނާއާއި މެދު ބޭއްވި ގާތް ކަމަށް ޝުކުރު އަދާކުރައްވާފައެވެ.



އައްޑޫ ބަހުން ކުރެއްވި ޓުވީޓެއްގައި ފައްޔާޒް ވިދާޅުވީ އައްޑުއަށް ކުރެއްވި ދަތުރުން އެނގިގެން ދިޔައީ އެމްޑީޕީ ހިންގަން ޕާޓީ މެމްބަރުން ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ. އަދި އައްޑޫ ރައްޔިތުން ބޭނުންވާ ގޮތަށް މިފަހަރު އެކަން ވާނެ ކަމަށާއި އޭނާ އިންތިހާބު ކާމިޔާބުކޮށް އެކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.

އަންނަ އޭޕްރީމްމަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ނިންމަވާފައެވެ. އައްޑޫއަށް ނިސްބަތްވާ ދެ މެންބަރަކު ފިޔަވައި އައްޑޫގެ އެހެން މެންބަރުންގެ ތާއީދު މިހާރު ވަނީ ފައްޔާޒަށް އޮތްކަން ހާމަކުރައްވާފައެވެ.

އެބޭފުޅުން ގެންދަވަނީ ފައްޔާޒުގެ ކެމްޕޭންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެެވެ. އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން