ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަގާމަށް އަޙްމަދު ފާތިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އަޙްމަދު ފާތިޙް އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފައިވާކަމަށެވެ. އަދި މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޙްމަދު ފާތިޙް ވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީއަށް ނާއިބަކު އައްޔަންކުރައްވާފައިވާއިރު، އެ މިނިސްޓްރީގައި މިވަގުތުވެސް ދެ ނާއިބުން އެބަތިއްބެވިއެވެ. އެއީ އަލީ މާޖިދާއި ހަސަން ނާޝިދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން