އެސްޓީއޯގެ އަމާޒަކީ އާންމުކޮށް މީހުން ކުރަމުން އަންނަ ވިޔަފާރިތައް ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލުންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ވިޔަފާރިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯއިން ތަފާތު ވިޔަފާރިތަކަށް ވަދެ ވިޔަފާރިތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު އެސްޓީއޯގެ އަމާޒު މިހާރު ހުރީ ރާއްޖޭގައި އާންމުކޮށް ނުކުރާ ވިޔަފާރީގެ ތެރެއަށް ވަނުމަށްކަމަށް އަމްރު ވިދާޅުވިއެވެ. އަދި އާންމުކޮށް މީހުން ކުރަމުން އަންނަ ވިޔަފާރިތައް ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލުމަކީވެސް އަމާޒެއްކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އާއްމު ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން އެސްޓީއޯގެ ސްޕަރމާކެޓުން މީހާރު އާންމު ވިޔަފާރިތަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލަމުން އަންނަކަމަށެވެ.

އައު ވިޔަފާރިތަކަށް ވަނުމުގެ ގޮތުން އެ ކުންފުނިން އެންމެ ފަހުން ވަދެފައިވަނީ ޝިޕިންގެ ވިޔަފާރިއަށްކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝިޕިންގ ކުންފުންޏަށް ފައިދާވާން ފަށާފައިވާ ކަމަށެވެ. އަދި ކުންފުނި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުންފުންޏަށް ގެނެވޭ އެންމެ ބޮޑު ބޯޓު އަންނަ މަސްތެރޭގައި ރާއްޖެ ގެނެވޭނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ލަސްވެގެން މިއަންނަ މަސްތެރޭގައި އަންނާނެ ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު ބޯޓު. 45000 ޓަނުގެ ބޯޓެއް އަންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން މެޓީރިއަލްސްވެސް ރަނގަޅު އަގުތަކެއްގައި ހިފެހެއްޓިގެންދާނެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ ޝިޕިން ލައިންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓި ޝިޕިންގެ އަގުތައްވެސް ބޮޑުނުވެ ހިފެހެއްޓޭނެކަމަށެވެ.

އެސްޓީއޯއިން އަންނަނީ އެކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ވަރަށް ބޮޑަށް ސިންދަފާތުކުރަމުންނެވެ. އަދި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށްވެސް އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން