މުލި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މ. މުލި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތްކަމަށެވެ. އެމްޓީސީސީން ބުނީ ފަޔަރ ޕޮންޑްގެ ބްލޮކް ކާސްޓިންގ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައިވާކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން