ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް ނަމާދުކުރާނެ ތަނެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މަޤާމާއި ހަވާލުވެ ވަޑައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ނަމާދުކުރާނެ ތަނެއް ނެތުމުން އެފަދަ ތަނެއް ގާއިމް ކޮށްދިނުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ސްޓެލްކޯއިން ބުނީ އެ ވައުދާ އެއްގޮތަށް ނަމާދު ކުރާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މުވައްޒަފުންނާއި ބައްދަލު ކުރައްވާ ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ދެއްވި ނަސޭހަތާއެކު، ފިރިހެން މުވައްޒަފުންނަށް ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމް ހަމަޖެހިފައިވީނަމަވެސް، އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމްތައް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާ، އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ." ސްޓެލްކޯއިން ބުނެފައި ވެއެވެ.



ސްޓެލްކޯއިން ބުނީ އަންހެން މުވައްޒަފުންނަށް ނަމާދުކުރާނެ ތަނެއް ޤާއިމްކުރުމަށް ވައުދުވިތާ ދެތިން ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއްކަމަށެވެ. އަދި މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ގަޑިއަށާއި، މަސައްކަތައް ފަރުވާތެރި ވުމަށާއި، ކުންފުންޏަކީ ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށްވެސް ޝަރީފް އެދިވަޑައިގެންނެވި ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން