އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވަން ނިންމެވީ އައްޑޫ ސިޓީގެ މަސްލަހަތު އިސްކުރައްވަން ބޭނުންވާތީކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތް އެންމެ ގާތުން ބައްލަވައި މަޝްވަރާ ދެއްވާ ބޭފުޅަކީ ފައްޔާޒު ކަމަށެވެ. އެހެންކަމުން އޭނާ އިޚުތިޔާރު ކުރާނީ އައްޑޫގެ މަސްލަހަތު ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ލިބިގަންނަން ބޭނުންވަނީ "ގަޓް" ހުރި ލީޑަރޝިޕެއް. ރޮޒައިނާ އަދި ފައްޔާޒަކީ އެމްޑީޕީ ހިންގާލާނެ ދެ ބޭފުޅުން." އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.



އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އާއި އަންހެނުން ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްްބަރު ރޮޒައިނާ އާދަމް މިހާރު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އެ ދެ ބޭފުޅުންނާ ކެމްޕެއިން ޓީމު ހުޅުމީދޫ އަދި މީދޫއަށް ވަޑައިގަތުމުން އެ ދެ ރަށުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފައްޔާޒާއި ރޮޒައިނާ އަދި ކެމްޕެއިން ޓީމުން އައްޑޫގައި ހިންގާ ކެމްޕެއިންގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އައްޑޫއަށް ނިސްބަތްވާ ދެ މެންބަރަކު ފިޔަވައި އެހެން މެންބަރުންގެ ތާއިދު މިހާރު ވަނީ ފައްޔާޒަށް އޮތްކަން ހާމަކުރައްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން