ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރެއްވުން އޮތީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގަ އެވެ. މިބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



މިބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ސީޕީ ހަމީދާއި ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ މިދަތުރުފުޅަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން