ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް މިއަދު އައްޑު އަށް 14 ގައުމަކުން ޓޫރިސްޓުން އެތެރެވާނެ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އަދި އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެއް ދުވަހެއްގެ މައްޗަށް 14 މަންޒިލަކުން ޓޫރިސްޓުން މިއަދު އަންނާނެ ކަމަށެވެ. އެހެންކަމުން އައްޑޫ އަށް މިއަދަކީ ހާއްސަ ދުވަހެއް ކަމަށް ފިރާގު ވިދާޅުވިއެވެ.



"ސްރީލަންކަން އިން މި ކަނެކްޝަން މި ހަދަނީ ކޮލަމްބޯއިން ގޭން އަށް. މި ފްލައިޓަކީ ފްރެކްފަޓާއި އިޓަލީގެ ރޯމް އަދި މެޑްރިޑާއި ލަންޑަން އަދި ދުބާއީ އާއި ދޯހާ ފަދަ ނުވަ މަންޒިލެއްގެ ކަކެންޝަން ފްލައިޓެއް. މި ފްލައިޓުގައި 14 މަންޒިލެއްގެ މީހުން ހިމެނޭ. އެހެންވެ މިއީ ކުރިއެރުމެއް." ފިރާގު ވިދާޅުވި އެވެ.

މީގެ އިތުރުން ފިރާގު ވިދާޅުވީ 14 މަންޒިލުން މިއަދު އައްޑު އަށް 70 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނައިރު އެ މީހުން ގިނައިން ތިބެނީ ސަފާރީތަކުގައި ކަމަށެވެ. މި ކުރިއެރުން އައިސްފައިވަނީ ސްރީލަންކަންއާއި މަންޓާ އެއާ ގުޅިގެން ހުވަދޫ ކަނެކްޝަން ފެށުމާ ގުޅިގެން ކަމަށް ފިރާގު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން