ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފު ކޮށްދިނުމަށް، އެދި މާލޭ ސިޓީ ކައުންސިލުން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފިއެވެ.

ޖޫރިމަނާ މަޢާފު ކޮށްދިނުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ މާލޭގައި ހުންނަ ސިނަމާލެ 1، 2، 3 އާއި މާލެ ހިޔާ 1، 2 އަދި ވިލިމާލޭގައި ހުންނަ، ސިނަމާލެ 4ގެ ފްލެޓްގެ ޖޫރިމަނާ މަޢާފް ކޮށްދޭން އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ހުށައަޅާފައިވަނީ ރައީސް އޮފީހަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ސިޓީ ކައުންސިލަށް އެންގީ ޖޫރިމަނާ ކަންކަމުގައި ހުށަައަޅަންޖެހޭނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ.

ރައީސް އޮފީހުން އެގޮތަށް އަންގާފައިވާތީ އެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެންމެފަހުން ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދީފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން