ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އިދިކޮޅު ޕީޕިއެމް ވެރިކަމަށް ގެންނަންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާއި ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އަލުން ހޯދައި އެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި ޕީޕިއެމް ވެެރިކަމަށް ގެންނަންޖެހޭ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެވޭނީ ޕީޕިއެމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިނިވަންކަމަށްޓަކައި ޖިހާދު ކުރެެއްވުމުގައި ކަމަރު ބަންނަވަން ކެރިވަޑައިގަތީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިނަށް" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.



އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ ރައީސް ޔާމިން އިސްވެ ހުންނަވައި އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅުން ވަނީ ކެމްޕޭނެއް ވެސް ފަށާފައެވެެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަސް ހާއްސަކޮށް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން