ވެކްސިން ފުރިހަމަ މީހުން ރާއްޖެ އަންނައިރު ޕީސީއާރު ހަދަން ނުޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފިއެވެެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެގޮތަށް އަންގާފައިވަނީ ކޮވިޑު-19 އާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސް އެކަން ހާމަކޮށް މިއަދު ނެރުނު އިއުލާނެއްގައެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިއުއެޗްއޯ އިން އިމާޖަންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.



އަދި ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރީން ހަދަން ޖެހޭ ޕީސީއާރު ޓެސްޓްވެސް ދެން ހަދަން ނުޖެހޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން