ރައީސް އާއި ރީކޯ މޫސަ ބައްދަލުކުރައްވަނީ
ރައީސް އާއި ރީކޯ މޫސަ ބައްދަލުކުރައްވަނީ
އެމްޑީޕީގެ އިސް ލީޑަރު އަދި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސަ ރައީސާއި ބައްދަލުކުރެއްވީ ސިންގަޕޫރުގައެވެ. މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަންވެސް ކުރައްވާފައިވާ މޫސަ ރައީސާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އޮޕަރޭޝަނަށްފަހު އެމަނިކުފާނު ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށެވެ.

އަދި ވަރަށް އަވަހަށް ރައީސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. މޫސަ ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވާ ކަން ވެސް ހާމަކުރައްވާފައެވެެ.



މޫސަ ރައީސް ސާލިޙާއި ބައްދަލުކުރެއްވުމަށްފަހު އާއްމު ކުރެއްވި ފޮޓޯއިން އެމަނިކުފާނު އޮޕަރޭޝަންގެ ލަކުނު ވެސް ފެނެއެވެ.

ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ފެބުރުއަރީ މަހުހެ 23 ވަނަ ދުވަހުއެވެ. އެގޮތުން ސިންގަޕޫރުގައި ކުރެއްވި މި އޮޕަރޭޝަނަށް ފަހު ރައީސް ވިދާޅުވީ، އޮޕަރޭޝަން ނިމިފައިވާކަމަށާއި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ.

ފަރުވާއަށްފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލައިފައިވަނީ މި ހިނގާ މާރިޗް މަހުގެ ފުރަތަމަ ދުވަހުއެވެ.

ރައީސް އޮޕަރޭޝަން ކުރައްވާތީ 25 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނާއިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ޙަވާލު ކުރެއްވިއެވެ. އަދި އޮޕަރޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެމަނިކުފާނު އަލުން ވަނީ ހަވާލުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން