އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަކީ އެމްޑީޕީ އެކަތިގަނޑަކަށް ހައްދަވާނެ ބޭފުޅެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އަންނަމަހުގެ 16 ވަނަ ދުވަހު އޮންނައިރު، އެ އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީއެވެ.

އިންތިހާބުގެ ފޯރިގަދަވެފައިވާއިރު، ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ގެންދަވަނީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން އެންޑޯޒް ކުރައްވައި ނުވަތަ ތާއީދު އޮތްކަން ހާމަކުރައްވަމުންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އެންމެފަހުން އައްޔަންކުރެއްވި އަހުމަދު ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ގެނައުމަށް އޭނާ ތާއީދުކުރައްވާނީ ފައްޔާޒަށްކަމަށެވެ.

"އަޅުގަންޑު ތާއީދު ކުރަނީ މިނިސްޓަރ ފައްޔާޒަށް. އެ މަނިކުފާނަކީ ވަރަށް އެނެޖެޓިކް ޓާގެޓް އޮރިއެންޓެޑް ބޭފުޅެއް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާއާއި އޭނާއާ ގުޅިފައިވާ އެންމެންވެސް ތާއީދުކުރާނީ ފައްޔާޒަަށްކަމަށެވެ. އަދި ފައްޔާޒަކީ އެމްޑީޕީ އެކަތިގަނޑަކަށް ހައްދަވާނެ ބޭފުޅެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑާއި އަޅުގަނޑާއި ގުޅިފައިވާ އެންމެންވެސް ތާއީދުކުރާނީ ފައްޔާޒަށް. މި އެތެރޭގެ އިންތިހާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ ބައިބައިވުން އެކަތިގަނޑަކަށް ހަދާލެވޭނެ ހިތްވަރާއި ފަންވަރު ހުރި ގާބިލް ބޭފުޅެއް. ފައްޔާޒު ހަގީގަތުގައިވެސް ޕާޓީ ހިންގާލާނެ ދުވެލި ބާރު ކުރާނެ." ޝަރީފް ވިދާޅުވިއެވެ.

އަންނަމަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު އޮންނައިރު، އެ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ފައްޔާޒަކީ ރައީސް ސާލިހު ތާއީދުކުރައްވާ ކެނޑިޑޭޓެވެ. އަދި އިންތިއަކީ ރައީސް ނަޝީދު ތާއީދުކުރައްވާ ކެނޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން