ކޯވިޑް ހާލަތުން އަރައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެޅުއްވި ފިޔަވަޅުތަކަކީ އަވަށްޓެރި ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި އެ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން މިހެން ވިދާޅުވީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާއިރު، ރާއްޖެ މިކަމުން އަރައިގަނެ އިޤްތިޞާދު ހިނގައިގަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރާއްޖެއާއި އަވަށްޓެރި ލަންކާގެ ހާލަތު ވަރަށް ގޯސްވެފައިވާތީ އެގައުމުގެ އަވަށްޓެރި ރައްޔިތުންގެ ހާލަތާއިމެދު ހަމްދަރުދީ ފާޅުކުރަށްވައި ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ރައީސް ޞޯލިހު އެޅުއްވި ފިޔަވަޅުތަކާއި ސަރުކާރުން ކުރި މަސައްކަތަށް ހަމްދާން ވަނީ ތައުރީފް ކުރަށްވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރ އަހުމަދު ހަމްދާން ވަނީ ލަންކާގެ ޙާލަތާއިމެދު ހިތާމަ ކުރަށްވާކަން ހާމަކުރައްވާފައެވެ.

ހަމްދާން ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ދަތި އުނދަގޫ ޙާލަތުން ރާއްޖެ އަރައިގަތުމަށް ރައީސް ސާލިހުގެ ސަރުކާރުން ތަންފީޒުކުރަމުން ގެންދާ ސިޔާސަތުތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާކަމަށެވެ. އަދި އަވަށްޓެރި ލަންކާގެ ޙާލަތުވެސް އަވަހަށް ރަނގަޅުވުމަށް އުއްމީދުކުރައްވާކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

"ލަންކާގެ ޙާލަތު ފެނިފަ ދެރަވޭ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ދަތި އުނދަގޫ ޙާލަތުން ރާއްޖެ އަރައިގަތުމަށް ރައީސް ސާލިހުގެ ސަރުކާރުން ތަންފީޒުކުރަމުން މި ގެންދާ ސިޔާސަތުތަކުގެ ރަނގަޅު ނަތީޖާ އެބަ ފެނޭ. އަވަށްޓެރި ލަންކާގެ ޙާލަތުވެސް އަވަހަށް ރަނގަޅުވުމަށް އުއްމީދުކުރަން." ހަމްދާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު މަޑުމަޑުން ރަނގަޅުވަމުންދާއިރު، މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަލުވި ދުވެލީގައި ކުރިއަށްދާނެކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ.

އަނެއްކޮޅުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު އެކަމުގެ ސަބަބުންވެސް ރާއްޖޭގެ އިޤްތިޞާދަށް ދަނީ ބޮޑެތި މަންފާތަކެއް ކުރަމުންނެވެ.

ނަމަވެސް އަވަށްޓެރި ލަންކާގެ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފައެވެ. ޑޮލަރު ލިބުން ދަތިވެ، ތެލާއި ގޭސްފަދަ ޒަރޫރީ ތަކެތި ހޯދުމަށް ވަނީ ދަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން