ގެއްލިގެން ހޯދަމުންދާ އަލް އަމީން
ގެއްލިގެން ހޯދަމުންދާ އަލް އަމީން
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ގެންގުޅުއްވާ ބިދޭސީ މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފިއެެވެ.

ގެއްލިގެން ހޯދަމުންދަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގެންގުޅުއްވާ ބިދޭސީއެއް ކަމަށްވާ އަލް އަމީން ނަމަކަށް ކިޔާ ބިދޭސީ މީހެކެެވެ. އަމީން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ރޭ ފަތިހުން ފެށިގެން އޭނާގެ ޚަބަރެއް ވެފައި ނުވާތީއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އަމީން ގެއްލިފައިވަނީ ރޭ ފަތިހު ކަމަށެވެ. އޭނާގެ ޚަބަރެއް ވެއްޖެނަމަ 7775022 ނަމްބަރު ފޯނާ ގުޅައި އެމައުލޫމާތު ހިއްސާ ކޮށްދިނުމަށް އައްޑޫ ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު