ބްރެޒިލްގެ އެއަރލައިނެއް ކަމަށްވާ "ގޯލް" އިން، އެއެއަރލައިނުގެ ކެބިން ކްރޫއިންގެ މޭކަޕް ސްޕޮންސަރ ކޮށްދެން ޖެހޭނެކަމަށް ބްރެޒިލްގެ ކޯޓަކުން ކަނޑައަޅައިފިއެވެ.

ބްރެޒިލްގެ ކޯޓުގެ ނިންމުމުގައިވާގޮތުންނަމަ، ބްރެޒިލްގެ އެއަރލައިން "ގޯލް" ގައި މަސައްކަތް ކުރާ ކްރޫއިން ރީތިކޮށް ތިބުމަށް ގަވާއިދެއް ކަނޑައެޅިފައިވާއިރު، އެގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދާނެ ހަރަދަކީ އެއަރލައިން ހިންގާ ކުންފުނިން ކުރަން ޖެހޭނެ ހަރަދެކެވެ. މިގޮތުން ކްރޫއިންނަށް ބޭނުންވާ މޭކަޕާއި ކޮސްމެޓިކް ސަރޖަރީ ހަދަން ޖެހިއްޖެނަމަ އެއަށް ދާނެ ހަރަދަކީ އެއަރލައިން ހިންގާ ކުންފުނިން ކުރަން ޖެހޭނެ ހަރަދެކެވެ.

ކޯޓުގެ މިނިންމުމާއެކު ބްރެޒިލްގެ ގޯލް އެއަރލައިނުގައި މަސައްކަތްކުރާ އަންހެން ކްރޫއިން ރީތިވުމަށް ބޭނުންވާ ހަރަދު ކުރުމަށް މަހަކު 35 ޔޫރޯ ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

މިކަމާ ބެހޭގޮތުން ބްރެޒިލްގެ ފްލައިޓު އެޓެންޑަންޓުންނާ ބެހޭ ޔޫނިއަނުން ވަނީ ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ފާހަގަކޮށްފައެވެ. ހާއްސަގޮތެއްގައި އެކި ދާއިރާ ތަކަށް ވަޒީފާއަށް ދާ މީހުންގެ ތެރެއިން ވަޒީފާއަށް ނުކުންނައިރު މޭކަޕް ކުރަން މަޖުބޫރުވާ ފަރާތްތަކަށް ލިބިގެންދާނެ ލުޔަކަށް ބްރެޒިލްގެ ކޯޓުގެ ނިންމުން ވެގެން ދާނެކަމަށް ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން