ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް
ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް
އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލް އާންމު ބަލިތަކަށް ޚާއްސަ ކުރުމަށް ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ރައްޔިތުންގެ ފުރާނަ އަށްވުރެ މުހިންމު ކަމެއް މިވަގުތު ސަރުކާރަށް އޮވެގެން ނުވާނެ ކަމަށެވެ. ކުރިން ރައްޔިތުން ސިއްހީ ޚިދުމަތް ހޯދަން ބަރޯސާވި ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުން ކޮވިޑް-19ގެ ބައްޔަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު އޭޑިކޭއާއި ޓްރީޓޮޕް ހޮސްޕިޓަލް އާންމު ބަލިތަކަށް ޚާއްސަކޮށް ސަރުކާރުން އެ ދެތަން އާސަންދައިން ކޯޑިނޭޓްކޮށްފައި އައިޖީއެމްއެޗުން ކޮވިޑް-19 ބައްޔަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައި މިއޮތީ، ރައްޔިތުންގެ ފުރާނައަށްވުރެ މުހިންމު ކަމެއް އޮވެގެން ނުވާނެ." ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ޓެގްކުރައްވައި އިބްރާހިމް ދީދީ ވިދާޅުވިއެވެ.



ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލުތަކެެއް ކޯވިޑަށް ޚާއްސަވެފައި ހުރުމުގެ ސަބަބުން އާންމު ބަލިތަކަށާއި ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދިނުން ލަސްވެ ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. އެގޮތުން ދާދިފަހުން އެކްސިޑެންޓެއްގައި މަރުވި ޒުވާނަކު އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ނުގެންދެވި ގިނައިރުތަކެއްވީ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ ކުޑަކުއްޖަކު އަވަސް ފަރުވާއަށް އެމްބިއުލާންސަށް ގުޅިތާ ދެ ގަޑިއެެއްހާއިރު ފަހުން ޚިދުމަތް ނުލިބި ވަރަށް ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލައެއް މިއަދު ވަނީ މީޑިޔާއަށް ތިލަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު